ބ. ކަމަދޫ ޕޮލިސް ޕޯ ސްޓުން އެ ރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
އިއްޔެ ހަވީރު ހިންގި ޕްރޮގްރާމަކީ ކަމަދޫގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ފުލުހުން ކަމަދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި އެކިފިހާރަތައް ހިންގާ ފަރާތްތަކާ ބައްދަލުކޮށް، ސްކޭމް މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ފޭކް ސްލިޕް ފޮނުވާ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން އަންނަނީ އެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.