Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ބަދަލެއް

ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް މިއަދު ބަދަލުތަކެއް ގެނެސް އެކަން އިއުލާންކޮށްފި އެވެ.

އެގޮތުން ފިނޭންސް ޕްލޭނިން އިތުރުކޮށް، އެ މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަށް ބަދަލުކޮށްފަ އެވެ. މިނިސްޓަރަކީ މޫސާ ޒަމީރެވެ.

މީގެ އިތުރުން މިއަދު ބަނީ ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައިފަ އެވެ. އެގޮތުން މިހާރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އެވެ. މިނިސްޓަރަކީ ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ކުރިން ވެސް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބެވެ.

ކެބިނެޓަށް ގެނައި ބަދަލުުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލުކޮށް، ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރްޔަމް މާރިޔާ އެގްރިކަލްޗަ މިނިސްޓަރު އައްޔަންކޮށްފައިވެ އެެވެ.