Last Updated: May 8, 06:41
Thursday, May 8, 2025
ޚަބަރު

އަންނަ އަހަރު ޓޫރިޒަމްގެ އާމްދަނީ 5 ބިލިއަނަށް

ޓޫރިޒަމް ދާއިރާ އިން އަންނަ އަހަރު ލިބޭ އާމްދަނީ 5 ބިލިއަން ޑޮލަރަށް އެރުވުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ކަނޑައެޅި 2 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ހާސިލުވުމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ޓޫރިޒަމުން 15 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުޅި ސަރުކާރާއި މުޅި ޓިމް ގުޅިގެން މި އަންނަ އަހަރު ފަނަރަ ޕަސެންޓް ކުރިއެރުމެއް އެރައިވަލްސްއިން ހޯދުން،" ފައިސަލް ވިދާޅުވި އެވެ. "އަދި ރެވެނިއުއަށް ބަލާލާ އިރު ގާތްގަނޑަކަށް ފަސް ބިލިޔަން ޑޮލަރާ ގާތައް އަޅުގަނޑަށް ގަބޫލުކުރެވެނީ ފަތުރުވެރިކަމުގެ ރެވެނިއު ދާނެ ކަމަށް."

ރާއްޖެ އިން އަންނަ އަހަރު އަމާޒު ހިފަނީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

މިނިސްޓަރު ކުރިން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމްގެ އާމްދަނީ 7 ބިލިއަން ޑޮލަރަށް އެރުވުމަކީ އަމާޒެއް ކަމަށެވެ.