Last Updated: July 13, 09:17
Monday, July 13, 2026
ޚަބަރު

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ހިމްނާ އަށް

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލާޝިޕް މި އަހަރު ލިބޭ އެތުލީޓު ހޮވައިފި އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ލިބުނީ ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ޙަސަން އަށެވެ.

ހިމްނާ ތަމްރީނުތައް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ، ޖެމެއިކާގެ ސްޕްރިންޓެކް ޓްރެކް ކްލަބްގަ އެވެ. މިއީ އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެކެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ފުރިހަމަ ކާމިޔާބީއަކަށް ވާސިލުވުމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުން ތަމްރީނު ހޯދުމަށް ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހިންގާ މި ސްކޮލާޝިޕަށް އެތުލީޓު ހޮވާފައި ވަނީ އެމްއޯސީން ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.