Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ޕީއެންއެފްގެ ގައުމީ ޖަލްސާ އަންނަ މަހު 10 ގައި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ގައުމީ ޖަލްސާ އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީއެންއެފް އިން ބުނީ މި ޖަލްސާ އޮންނާނީ އަންނަ މަހު 10 ގައި ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން 7784069 ނަމްބަރަށް ގުޅައި ނަން ނޯޓު ކުރުމަށް ޕީއެންއެފް އިން ވަނީ އެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރީލް މަހުގެ 25 ގަ އެވެ. އެ ޕާޓީގެ ވަގުތީ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފަކީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން ނިންމެވި ޕާޓީއެކެވެ.

އެ ޕާޓީއާ އެކީ މިހާރު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެ އެވެ.