Last Updated: May 8, 09:13
Thursday, May 8, 2025
ޚަބަރު

އެމްއައިބީގެ އޭޓީއެމެއް ތުލުސްދު އަށް

މޯލްޑިސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމެއް ކ. ތުލުސްދޫގައި ހުޅުވައިފި އެވެ.

އެ އޭޓީއެމް އިއްޔެ ހުޅުވައިދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިޖިޓަލް ބޭންކިން އަރެފޫ ރަހްމާންގެ އިތުރުން ތުލުސްދޫ ކައުންސިލްގެ ނައިބުރައީސް ޝަހީމެވެ.

އެމްއައިބީން ބުނީ ތުލުސްދޫގައި ހުޅުވި އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބުމުގެ އިތުރުން، ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އަދި ވިސާ އާއި މާސްޓާ ކާޑު ވެސް އެ އެޓީއެމަށް ސަޕޯޓު ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީގެ ހިދުމަތް ކ. އަތޮޅުގެ އިތުރުން ހއ، ހދ. ބ، ޅ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑު އަށް ލިބެ އެވެ.

އެމްއައިބީން އަންނަނީހިދުމަތްތައް މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.