Last Updated: June 2, 13:40
Monday, June 2, 2025
ޚަބަރު

ގައުމަށް ހެޔޮގޮތް ހޯދުމަށް އެކުވެރިވާންޖެހޭ: ގާސިމް

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ދިވެހި ގައުމަށް ހެޔޮގޮތް ހޯދުމަށް އެކުވެރިވާންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މި މުހިންމު ދުވަހުގައި ޢަޒުމު އާކުރަންވީ އާ ހިތްވަރަކާއި އެކު އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން ދިރުވުން ކަމަށެވެ.

"ޤައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމުގައި ދެކި ދިވެހި ޤައުމަށް ހެޔޮ ގޮތް ހޯދުމަށް އެކުވެރިވެ އަބަދުވެސް އަތުގުޅާލައިގެން ތިބުމަކީ ޤައުމުގެ ހައްޤުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން ޖުމުލަ 82 މީހަކު ނިޔާވިއިރު 26 މީހަކު ވީ ގޮތެއް ނޭނގި ގެއްލިފައިވެ އެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރިފައިވާއިރު، އެ ދުަވސް ފާހަގަކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. މިއީ ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.