Last Updated: July 14, 10:49
Tuesday, July 14, 2026
ދުނިޔެ

މަންމޯހަން އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންހް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 92 އަހަރުގައި މަންމޯހަން ސިންހް އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށެވެ.

މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 ގެ ނިޔަލަށެވެ.

މަންމޯހަން އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެގައުމުގެ ސިޔާސީ އެކި ފަރާތްތަކުން އަންނަނީ ހަމްދަރުދީގެ މެސެޖުތައް ފޮނުއްވަމުންނެވެ.