ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައި ވަނިކޮށް މިރޭ މާލޭގައި ވެސް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެތަނުން މިއަދު ބުނީ އާޓިފިޝަލް ބީޗްގައި މިރޭ 9:00 ގައި ހަވާ އަރުވާނެ ކަމަށާއި މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށް ގެންދާ ހަވާ އެރުވުމެއް ކަމަށެވެ. އެގޮތުން މިރޭ 5 މިނެޓަށް ހަވާ ހަވާ އަރުވާނެ އެވެ.
ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމީ އާ އަހަރު ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯ އިން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަވާ އަރުވާނީ މިރޭ 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގަ އެވެ.
އެ ފަރިތަކުރުންތަކުގައި ދެ މިނެޓްގެ ތިން ޝޯއެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.