Last Updated: May 13, 23:15
Tuesday, May 13, 2025
ޚަބަރު

އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 249 މިލިއަން

މާލެ ވިޔަފާރި ބަނދަރު /ފޮޓޯ: އެމްޕީއެލް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން 249 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 4 ބިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނަިއން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި ޗައިނާ އާއި އިންޑިއާ އަދި ސިންގޫރާއި މެލޭޝިއާ އިންނެވެ.

މީގެއިތުރުން މިދިޔަ މަހު 120 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ވަނީ ފޮނުވާފަ އެވެ. މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 30 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 7 މިލިއަން ރުފިޔާ ލިބުނެވެ.