ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހައުސިން މިނިސްޓްރީ އެއްކޮށްލި ނަމަވެސް ހައުސިން ދެމުން އަންނަ ހިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައުސިން އިން ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބަދަ،ލެއް ނާންނާނެ ކަމަށެވެ. އެހެންވެ ގެދޮރުވެރިކަމާ ބެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ ރަސްމީ ފޯނު ނަންބަރުތަކަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް ބުންޏެވެ.
އެ ނަންބަރުތަކަކީ 4004900 އަދި 4004901 އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ހައުސިން މިނިސްޓްރީ ބަދަލުކުރީ އިއްޔެ އެވެ. އެގޮތުން ރައީސް އިއްޔެ ވަނީ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލު ކުރަައްވައިފަ އެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކީ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް ހިންގި އިމާރާތްތައް ދާދި ފަހުން އެނދުމާ ގުޅިގެން އެ މިނިސްޓްރީތައް މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަ ދަރުބާރުގޭގަ އެވެ.