Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

ޑުއާ ލިޕާ އެންގޭޖްވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކްރިސްމަސް ޕާޓީގެ ތެރޭގައި އޭނަ އެންގޭޖްވީ ރައްޓެހިވެގެން އުޅޭ އެކްޓަރު ކެލަމް ޓާނާއާ ކަމަށެވެ. ޑުއާ އާއި ޓާނާ ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ ދެ މީހުން އެންގޭޖްވި ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ރަސްމީކޮށް އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ

ނަމަވެސް ޑުއާގެ އިންސްޓަގްރާމް ޕޯސްޓެއްގައި އެންގޭޖްމަންޓް އަނގޮޓީއާ އެކު ފެންނަ ކްރިސް ޕާޓީގެ ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން ޑުއާ، 29، އަކީ އަލްބޭނިއާގެ ރަށްވެހިކަން ވެސް އޮންނަ ފަންނާނެކެވެ. ޑުއާ މިހާތަނަށް ތިން އަލްބަމެއް ނެރެފައިވާ އިރު، އެންމެ ފަހުގެ އަލްބަމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި "ރެޑިކަލް އޮޕްޓިމިޒަމް" އެވެ.

އޭނަގެ ބައިވެރިޔާ ޓާނާ، 34، އަކީ ވެސް އިނގިރޭސިވިލާތަށް އުފަން ތަރިއެކެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފެންޓާސްޓިކް ބީސްޓް" ފްރެންޗައިޒާއި "ކްއީީން އެންޑް ކަންޓްރީ" އާއި "އެސަސިންސް ކްރީޑް" އަދި "ދަ ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ" ހިމެނެ އެވެ.

ޓާނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ބޯއިސް އިން ދަ ބޯޓް" އެވެ.