Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އޮފީހަކުން ވައްކަންކުރި މީހަކު ހައްޔަރަށް

މާލޭގެ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހަކުން 200،000 ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. މާވަށް، ވައިފިނިގޭ، އަބްދުﷲ އަފީފް، 43، އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނެތި ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

ބަންދު އަމުރުގައި ބުނީ އަފީފު ވައްކަންކުރަން އޮފީހަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާ އަދި އެ އޮފީހުގެ ފާހާނާގެ ޓައިލްސްތަކުން އޭނާގެ ފިންގަޕްރިންޓް ވެސް ފެނުނު ކަމަށެވެ. އެހެންވެ ވައްކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

އަފީފަކީ ކުރިން ވެސް ބަންދާއި ހައްޔަރުގެ ގިނަ ރެކޯޑުތަކެއް އޮތް މީހެއްކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ވައްކަމާ ގުޅިގެން އޭނަގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެވެ. އެއީމުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.