Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މާފުއްޓަށް އިތުރު 2 ޖަނަރޭޓަރު

ކ. މާފުށީގެ ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރަން އިތުރު ދެ ޖަނަރޭޓަރު އެ ރަށަށް ގެންގޮސްފި އެވެ.

ސްޓެލްކޯ އިން ބުނީ މާފުށީގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި ސްޓެޕްއަޕް ޓްރާންސްފޯމަރެއް މިހާރު މާފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އާ ޖަނަރޭޓަރުތައް ކޮމިޝަން ކުރެވި، ބޭނުން ކުރަންފެށުމާ އެކު، މާފުށީގައި އެ ކުންފުނިން ދެމުން އަންނަ ދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުން އަންނަ މާފުއްޓަކީ އެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، ކުރިއަރަމުން އަންނަ ރަށެކެވެ.