Last Updated: July 10, 11:04
Thursday, July 10, 2025
ދުނިޔެ

ލަންކާ އިން ބޭރުގެ ޑްރޯނެއް ފެނިގެން ތަހުގީގަކަށް

ބޭރުގެ ގައުމެއްގެ ޑްރޯނެއް ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައި އޮއްވައި ފެނުމާ ގުޅިގެން އޭގެ ތަހުގީގެއް ފަށައިފި އެވެ.

ސްރީ ލަންކާ އެއާ ފޯސް (އެސްއޭއެފް) ގެ ތަރުޖަމާނު ގްރޫޕް ކެޕްޓަން އެރަންޑާ ގީގަނަގެ ވިދާޅުވީ އެ ޑްރޯން ފެނުނީ ޓްރިމްކޮމަލީ ސަރަހައްދުން މަސްވެރިންތަކަކަށް ކަމަށެވެ. ޑްރޯނާ ގުޅޭ ތަހުގީގު ފެށީ މަސްވެރިންނަށް އެ ފެނިގެން ހަވާލުކުރުމާ ގުޅިގެން ކަމަށް ވެސް ލަންކާގެ ވައިގެ އަަސްކަރިއްޔާ އިން ބުންޏެވެ.

ރީނދުލާއި އޮރެންޖް އަދި ރަތް ކުލަ ހިމެނޭ މި ޑްރޯނަކީ ސީދާ ކޮން ގައުމެއްގެ އެއްޗެއް ކަމަށް ލަންކާ އިން އަދި ހާމައެއް ނުކުރެ އެވެ. އެ

އެކަމަކު މީޑިއާތަކުން ބުނީ އޭގައި ލިޔެފައި ހުރި ލިޔުންތަކުން އެއީ އިންޑިއާގެ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.