ބޮލީވުޑްގެ ފިލްމީ ތަރި، އަރުޖުން ކަޕޫރްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އޭނަ އެދިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހު ރިލީޒްކުރު "ސިންގަމް އެގެއިން" ގެ ވިލަންގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގަމުންދާ ސްކޭމްގައި އެކްޓަރުގެ މެނޭޖަރު ކަމަށް ހެދިގެން މީސްމީހުންނާ ބެހޭ ޒާތީ މައުލޫމާތުތައް ހޯދައި، އަރުޖުންގެ ފަރާތުން ފުރުސަތުތަކެއް ފަހިކޮށްދޭން ބޭނުންވާ ކަމަށް ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމް ސްޓޯރީގައި އަރުޖުން ބުނީ އެ ސްކޭމް އޭނަގެ ސަމާލު ކަމަށް ވެސް އައިސްފައިވާ ކަމަށާއި އެއްވެސް ފަރާތަކުން އެ ސްކޭމްގައި ނުޖެހުމަށް އެދޭ ކަމަށެވެ.
އަރުޖުން އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ، ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދަރިއެކެވެ. އަދި އޭނަ އަކީ ޒުވާން ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރްގެ އެއްބަފާ ބޭބެ އެވެ.
ދާދި ފަހުން އެކްޓަރު ސިދާތު މަލްއުތުރާގެ ނަމުގައި ވެސް ސްކޭމެއް ހިންގި މައްސަލައެއް ފެންމަތިވެފައިވެ އެވެ. މީގެ ކުރިން އެކި ފަހަރު މަތިން ބޮލީވުޑްގެ މަޝްހޫރު އެކިއެކި ތަރިންގެ ނަމުގައި ސްކޭމްތައް ހިންގާފައިވެ އެވެ.