ހޮލީވުޑްގެ މަޝްހޫރު ފިލްމު "ރޯމިއޯ އެންޑް ޖޫލިއެޓް" ގެ ބަތަލާ އޮލީވިއާ ހަސީ މަރުވެއްޖެ އެވެ.
އާޖެންޓީނާ އަށް އުފަން ބަތަލާ އިއްޔެ މަރުވި އިރު އުމުރަކީ 73، އެވެ. މިކަމާ ގުޅޭ ގޮތުން އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އޮލީވިއާ ވަކިވުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ފުން ހިތާމައެއް ކަމަށެވެ.
ނަމަވެސް އޭނަ އަކީ އަބަދު ވެސް އެތައް ބައެއްގެ ހަނދާނުގައި ހުންނާނެ ބަތަލާއެއް ކަމަށް ބުންޏެވެ.
"ރޯމިއޯ އެންޑް ޖޫލިއެޓް" ކުޅުނު އިރު އޮލީވިއާގެ އުމުރަކީ އެންމެ 15 އަހަރެވެ. ފިލްމުގައި އޭނަ ޖޫލިއަޓްގެ ގޮތުގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުން މޮޅު ބަތަލާގެ ގޯލްޑެން ގްލޯބް އެވޯޑް ވެސް ލިބުނެވެ. "ރޯމިއޯ އެންޑް ޖޫލިއެޓް" ގައި ރޯމިއާގެ ރޯލު ކުޅުނީ ލިއޮނާޑް ވިޓިން އެވެ.
އޮލީވިއާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "އޯލް ރަ ދައިޓް ނޮއިޒެސް" އާއި "ލާސްޓް ހޮރައިޒަން" އާއި "ބްލެކް ކްރިސްމަސް" އާއި "އައިސް ކްރީމް މޭން" ގެ އިތުރުން "ސެވެން ޑޭސް އޮފް ގްރޭސް" ހިމެނެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ސޯޝަލް ސުއިސައިޑް" އެވެ.