Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ވެމްކޯގެ ޑީއެމްޑީ މަގާމުން ވަކިކޮށްފި

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހީދު އިބްރާހީމް އެ މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީދު މަގާމުން ވަކިކުރިކަމުގެ ސިޓީ މިއަދު ވަނީ އޭނާ އަށް ފޮނުވާފަ އެވެ.

ޝަހީދު މަގާމުން ވަކިކުރި އިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް އެނގިފައެއް ނުވެ އެވެ.

ޝަހީދު ވެމްކޯގެ ޑީއެމްޑީ އަކަށް އައްޔަން ކުރީ މި އަހަރުގެ އޭޕްރީލް ފަހުކޮޅެވެ. ޝަހީދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމުގައި ހުންނަވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމަށް އައްޔަންކުރި އިބްރާހިމް ނާއިފެވެ.