Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނޫރާނީ ސްކޫލުން 'ވަން މީލް' އަށް ބަޔަކު ހޯދަނީ

'ވަން މީލް' ޕްރޮގްރާމްގެ ދަށުން އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެ ބަޔަކު ހޯދަން އެ ސްކޫލުން ހުޅުވާލައިފި އެވެ.

ނޫރާނީ ސްކޫލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަންް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 7 އާ އަށް ހަމައަށެވެ.

ރަޖިސްޓްރީވާން ޖެހެނީ ކުންފުނި/ފަރާތުގެ ނަމާއި ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

ނޫރާނީ ސްކޫލުން ބުނީ "ވަން މީލް" ޕްރޮގްރާމަށް ބީލަން ހުށަހެޅޭނީ އެ ބާވަތުގެ ވިޔަފާރި ހިންގާ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.