Last Updated: July 14, 06:01
Tuesday, July 14, 2026
ދުނިޔެ

ދެކުނު ކޮރެއާގެ ބޯޓެއް ވެއްޓި 85 މަރު

ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ބެންކޮކުން ފުރައިގެން 181 މީހުންނާ އެކު ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ޖެޖޫ އެއާލައިންގެ ބޯޓް ވެއްޓުނީ ރަންވޭ މަތިން ކަހާލައިގެން ކަމަށެވެ.

އެ ހާދިސާގައި ބޯޓްގައި އަލިފާން ވެސް ރޯވެފައިވާ އިރު، މިހާތަނަށް 85 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ގިނައީ ދެކުނު ކޮރެއާގެ މީހުންނެވެ.

ބޯޓް ވެއްޓުނު ހާދިސާގައި ގިނަ ބަޔަކު މަރުވި އިރު، މިހާތަނަށް ދެ މީހަކު ސަލާމަތްވެފައިވެ އެވެ. އެއީ ކްރޫއަކާއި ޕެސެންޖަރެއެކެވެ.

ބޯޓް ވެއްޓެން ދިމާވީ ލޭންޑިން ގިއަރަށް މައްސަލަތަކެއް ދިމާވެގެން ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ އިރު، މިކަން މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ.