Last Updated: May 7, 18:00
Wednesday, May 7, 2025
ޚަބަރު

ޕީއެންސީ ހިންގަނީ ދައުލަތުގެ ފައިސާ އިން: ސަމީރު

މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ވެސް މިހާރު ހިންގަމުން ދަނީ ދައުލަތުގެ ފައިސާ އިން ކަމަށް މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ރާއްޖެ ޓީީގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަން މުޅި ގައުމުގައި އާންމުވެފައިވާ ކަމަށެވެ. ކަމަށާއި، މުޅިން ވެސް ފެންމަތިވަމުންދަނީ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ކަމަށެވެ. ސަމީރު ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅު ކުރަން އައި ސަރުކާރުން ހުރިހާ ކަމެއް ގޯސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޕީއެންސީ ވެސް މިހާރު ހިންގަމުން ދަނީ ދައުލަތުގެ ފައިސާ އިން ކަމަށް ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ޕާޓީގެ ބޭފުޅުންނަށް ދީފައިވާ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކަމަށާއި، އެ ބޭފުޅުން ކުރާނެ މަސައްކަތެއް ވެސް ނޯންނަ ކަމަށެވެ. އަދި ވިދާޅުވީ ފިންގަ ޕްރިންޓް ޖެހުމަށް ފަހު ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރުމުން މަސައްކަތް ނިމުނީ ކަމަށެވެ.

"ހަގީގަތަކީ މިއަދު ޕީއެންސީ އެ ހިންގަނީ ދިވެހި ދައުލަތުގެ ފައިސާއިން. ޕީއެންސީ މިހާރު ދޭ ސިޔާސީ މަގާމުތައް އެދޭ މީހުން ކުރާކަށް ނުޖެހޭނެ އިތުރު އެއްވެސް ކަމެއް. އެ ކުދިން ޖެހޭނީ ފިންގަ ޖަހާލާފައި އެބޭފުޅުން ލިޔާ ނިއުސް އާޓިކަލްއަށް ލައިކް ޖަހާލައި، ނޫނީ ވިއްޔާ އެ ބޭފުޅުންނާ ދެކޮޅަށް އެއްޗެއް ބުނާ މީހަކާ ދިމާލަށް ސޯޝަލް މީޑިއާގައި އެއްޗެހި ބުނެލައި ހޮޅިއަށިތަކުގައި ކެފޭ ރެސްޓައުރެންޓްތަކުގައި އެބޭފުޅުންގެ ސިޔާސަތުތައް ކިތަންމެ ގޯސް ވިޔާނުދާ ކަމަކަށް ވިޔަސް ޕްރޮޕެގެންޑާ ފެތުރުން،" ސަމީރު ވިދާޅުވި އެވެ. "އަދި އޭގެއިތުރުން އެބޭފުޅުން ޖެހޭ އެބޭފުޅުންނަށް ލިބޭ މުސާރައިން ވަކި ބަޔަކަށް ހަވާލު ކުރަން. އޭރުން ތެދެއްތޯ އެބޭފުޅުން ބޭނުންވާ ކަންކަން ކުރެވޭނީ."

އޭނަ ސަމީރު ވިދާޅުވީ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ އޭރުގެ ސަރުކާރު ކަމުނުގޮސްގެން ކަމަށް ބުނެ ހެޔޮ ބަދަލަށް އެދިގެން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހަވާލުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ދިނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

ނަމަވެސް ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި، ކަންކަން ގޯސްކޮށް ކުރާނަމަ އެކަމާ ދެކޮޅަށް ވެސް ނުކުންނާނީ ހަނަ ރައްޔިތުން ކަމަށ ސަމީރު ވިދާޅުވި އެވެ.