ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ފާދާ އޮފް ދަ ބްރައިޑް" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޗާލްސް ޝިއާ މަރުވެއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލިސް އަށް އުފަން ޑައިރެކްޓަރު މިދިޔަ ހުކުރު ދުވަހު މަރުވި އިރު އުމުރަކީ 83 އަހަރެވެ.
ޗާލްސް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ޕްރައިވެޓް ބެންޖަމިން (1980)، އިރެކޮންސިލަބަލް ޑިފެރެންސެސް (1984)، ބޭބީ ބޫމް (1987)، ދަ ޕޭރަންޓް ޓްރެޕް (1998)، ދި އެފެއާ އޮދް ދަ ނެކްލަސް (2001) އަދި އަލްފީ (2004) ހިމެނެ އެވެ.
ތިން ކައިވެންޏެއްކޮށް، ހަތަރު ލިބުނު ޗާލްސްގެ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2022 ގެ "ދަ ނޮއެލް ޑައިރީ" އެވެ. މިދިޔަ އަހަރުގެ "ދަ ބެސްޓް ކްރިސްމަސް އެވާ" އަކީ އޭނަ ޕްރޮޑިއުސްކޮށް، ސްކްރީންޕްލޭގައި ހިއްސާވި ފިލްމެކެވެ.
ޗާލްސްގެ ދަރިންގެ ތެރެއިން ހެލީ މީޔާސް ޝިއާ، 37، އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކަކީ މި އަހަރުގެ "ގުޑްރިޗް" އާއި 2017 ގެ "ހޯމް ގެއިން" އެވެ.