Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރަށް

ތ. ތިމަރަފުށީގައި ގުރޫޕަކުން މީހަކަށް ހަމަލާދީ ޒަހަމްކުރި މައްސަލައިގެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާރާމާރީގެ އެ ރިޕޯޓް ލިބުނީ އިއްޔެ މެންދުރު 1:27 ހާއިރު ކަމަށެވެ. އެ މާރާމާރީގައި ވަޅިން ހަމަލާދީފައި ވަނީ މީހެއްގެ ބުރަކަށްޓަށެވެ. އެމީހާ އަށް ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާ ވެސް ދީފައައިވެ އެވެ.

އެކަމާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ތިމަރަފުށީ ޖަހާމުގުރިގޭ، އަހުމަދު އަމީނާއި އެ ރަށު ސަލްވާ އަހުމަދު ޝަހުދީ އާއި އެ ރަށު ގުލްބަކާވިލާ އަބްދުﷲ އަޝްރަފާއި އެ ރަށު ހިރި އާސް އިބްރާހީމްގެ އިތުރުން މާލެ، ވ. ވަވައް މުހައްމަދު ރައޫފެވެ.

ފުލުހުން ވަނީ އެ މީހުންގެ ވަނަވަރާ އެކީ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.