Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

'ހިންތާ' ގެ ޓީޒާއެއް

މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކުލަބުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސީރީޒެއް ކަމަށްވާ "ހިންތާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މިއީ އަންހެން ކެރެކްޓާއެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައި ދޭނެ އެއްޗެކެވެ. "ހިންތާ" ގެ ޓީޒާ އިން މިއީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ސީރީޒެއް ކަމަށް ބެލެވެ އެވެ. މީގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ފިލްމު "ވިޝްކާ" ޑައިރެކްޓްކޮށް، ކުޅުނު އެކްޓަރު ރަވީ ފާރޫގެވެ.

"ހިންތާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ. އޭނަ އަކީ މީޑިއާނެޓުން ގެނެސްދިން މަގުބޫލު ސީރީޒް "ގަރީނާ" ވެސް ސްކްރީން ރައިޓަރެވެ. "ހިންތާ" އާއި "ގަރީނާ" އަކީ ވެސް ޒަރީރުގެ އެއްކާފު ޕްރޮޑަކްޝަނާއި މީޑިއާނެޓްގެ ކޮލަބަރޭޝަނެކެވެ.

"ހިންތާ" ގެ ޓީޒާ ދައްކައިލި ނަމަވެސް މި ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީޑިއާނެޓުން މިއަދު އާ ސީރީޒެއް ޕްރީމިއާ ކުރާނެ އެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ 15 އެޕިސޯޑްގެ "ރޯލީމޭ" އެވެ.