Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މިފްކޯފެ ޗެއާމަން އެހެން ކުންފުންޏަކަށް ބަދަލުކޮށްފި

މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، އެހެން ކުންފުންޏެއްގެ ޗެއާމަނަކަށް އައްޔަންކޮށްފި އެވެ.

ޕްރައިވައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އޭނަ މިހާރު މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރްއެމްޕީސީ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

ސަރުކާރު ސަތޭކަ ޕަސަންޓް ހިއްސާވާ އެ ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރަން މި އަހަރު ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ.

އެމްއެފްއޯއާރްއެމްޕީސީގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ.

މިފްކޯގެ ޗެއާމަން އެމްއެފްއޯއާރްއެމްޕީސީފެ ޗެއާމަނަކަށް ބަދަލުކުރި އިރު، 1993 ގައި އުފެއްދި މިފްކޯގެ ސީއީއޯ/އެމްޑީއަކީ މިހާރު ބޭރުގެ ތަޖުރިބާރެކެވެ. އެއީ ޔުކްރޭނަށް ނިސްބަތްވާ ޑރ. ވިޓާލީ ލްޔުބިމޯވް އެވެ.