ޑާކް ރެއިން އެންޓައިންމަންޓްގެ އާ ސީރީޒް "ރޯލީމޭ" މީޑިއާނެޓްގެ އެމްއެން ވީޑިއީ ކުލަބުން މިއަދު ސްޓްރީމިން އަށް ދޫކޮށްލައިފި އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސީރީޒްކީ ޑާކް ރެއިން އެންޓަޓައިންމަންޓާއި މީޑިއާނެޓް ގުޅިގެން 2021 ގައި ގެނެސްދިން 15 އެޕިސޯޑްގެ "ރޫމިއާ ޖަންނަތު" އަށް ފަހު ދެ ކުންފުނި ގުޅިގެން ގެނެސްދޭ ފުރަތަމަ ސީރީޒެވެ.
ޖުމްލަ 15 އެޕިސޯޑްގެ "ރޯލީމޭ" އަކީ ޑާކް ރެއިނުން އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.