Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކެފޭ/ހޮޓާތަކުން ބިދޭސީންތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ހިންގަމުން ކެފޭ/ހޮޓާތަކެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ "އިމިގްރޭޝަން ވޮޗަށް" ލިބުނު މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ އަށް ކެފޭ/ހޮޓާ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަމުން އިއްޔެ ރޭ ވަނީ މާލޭގެ ކޮފީޝޮޕްތަކެއް ބަލައި އެތަންތަނުން ވެސް ގަވާއިދާ ހިލާފު ފަސް ބިދޭސީއަކު އަތުލައިގެންފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވާ އިރު، 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.