Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ވެމްކޯގެ ހިދުމަތް ގުރައިދޫގައި ފަށައިފި

ކ. ގުރައިދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި އެވެ.

އެ ރަށުގައި އެ ކުންފުނީގެ ހިދުމަތް ފެށީ "ފައްޓަމާ" ގެ ނަމުގައި އިއްޔެ ބޭއްވި އާއިލީ ހަވީރަކާ އެކީގަ އެވެ. އެގޮތުން ގުރައިދޫގައި ހިދުމަތް ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

ވެމްކޯއިން އަންނަނީ ގުރައިދޫގެ އިތުރުން މާލެ ސަރަހައްދާއި، ސިޓީތަކާއި ލ. ފޮނަދު އާއި ލ.ގަމާއި ކ. މާފުށްޓާއި ހިންމަފުށީގައި ވެސް ކުންފުނީގެ ހިދުމަތްތައް ދެމުންނެވެ.