އާ އަހަރާ ދިމާކޮށް އަންނަ މަހުގެ 2 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް ޕާސްޕޯޓްގެ ހިދުމަތް މާލެ އިން ދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެ އިދާރާ އިން މިއަދު ބުނީ "އިމުގާ" މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަަމަށާއި އިމިގްރޭޝަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަަޖެންސީ ހާލަތްތަކުގެ ޕާސްޕޯޓަށް ހިދުމަތް ދޭނީ ޖެނުއަރީ 2 ވަނަ ދުވަހުގެ ހެނދުނު 8:30 އިން 2:00 އަށެވެ.
މީގެ އިތުރުން ޕާސްޕޯޓް ދޫކުރަން އެ ދުވަހު ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ.