Last Updated: June 7, 22:18
Saturday, June 7, 2025
ޚަބަރު

އާ އަހަރާ ދިމާކޮށް މޫސުން ގޯސްވެއްޖެ

އާ އަހަރާ ދިމާކޮށް ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު މޫސުމާ ބެހޭ ބްރީފިންއެއްގައި ބުނީ މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގަިއ އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.

އެހެންވެ މާދަމާ އިން ފެށިގެން ޖެނުއަރީ 5، އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މެޓުން ބުނީ މެޓުން ގަޑިއަކު 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަަށް ވައި ވެސް ބާރުވާނެ ކަމަށެވެ.

އެހެންވެ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެ އަށް މޫސުން ގޯސްވެފައިވާ އިރު، މިއަދު ބޯކޮށް ވާރޭ ވެހޭނެތީ ހއ. އިން ފެށިގެން ކ. އަތޮޅާ ހަމައަށް އޮތީ އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެއީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށެވެ.