ބިދޭސީއަކަށް ވަޅިން ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
އޭނަ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ ޒުވާނާގެ މައްޗަށް ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށާއި ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށެވެ. ފެންނާތީ ކަމަށެވެ.
ނަމަވެސް ކޯޓްގައި ޒުވާނާ ބުނެފައި ވަނީ ނުފޭރާ ކަމަށާއި އެ ފައިސާ އަކީ ބަންގްލަދޭޝް މީހަކު އޭނައަށް ދޭން ޖެހޭ ފައިސާތަކެއް ކަމަށެވެ. އަދި ވަޅިން ބިރު ދައްކައި ފައިސާ ފޭރިގަތް ކަމަދް އޭނަ އިންކާރުކޮށްފައިވެ އެވެ.
އޭނަ އަކީ ކުރިން ވެސް ހައްޔަރާއި ބަންދު ލޮގް އޮތް މީހެކެވެ.