އިކޮނޮމިކް މިނިސްޓްރީއަށް ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓަންޓަކު ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންސަލްޓަންޓަކު ހޯދަނީ އިގުތިސާދީ ދިރާސާތައް ހެދުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ލަފާދިނުމަށެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތަކީ އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެ ފެންވަރުގެ އެމްކިޔުއޭ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހަކަށްވެސް ވާންޖެހެ އެވެ.
މި މަގާމުގެ މުސާރައަކީ 32،840ރ. އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާ އެކު އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.