Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

އަނޫރާގް ބޮލީވުޑް ދޫކޮށްލައި، ސައުތަށް!

ބޮލީވުޑްގައި މިހާރު މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެ އިންޑަސްޓްރީ މިހާރު ވަރަށް ފީކަޅާވެއްޖެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ބުނެފި އެވެ.

އަބަދު ވެސް ވަރަށް ތަފާތު ސްޓައިލްތަކަށް "ޑާކް" ފިލްމުތައް ހަދާ ޑައިރެކްޓަރު 'ހޮލީވުޑް ރިޕޯޓާ އިންޑިއާ' އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑް މިހާރު އޮތީ "ހަލާކުވެފައި" ކަމަށެވެ. އަނޫރާގް ބުނި ގޮތުގައި އެ އިންޑަސްޓްރީގެ އެންމެ ބޮޑު މައްސަލަ އަކީ ހަމައެކަނި ވިޔަފާރި އަށް ވިސްނައިގެން ފިލްމު ހެދުން ކަމަށެވެ. އެހެންވެ އެ އުފެއްދުންތެރި ހިޔާލުތަކަށް ފިލްމު ހެދުމުގެ ފުރުސަތު ގެއްލި، އަބަދު އެއްވައްތަރެއްގެ ފިލްމު ހަދާތީ ބޮލީވުޑްގެ "ކްރެޑިބިލިޓީ" މިހާރު ގެއްލިފައިވާ ކަމަށް "ދޭވް ޑީ" އާއި "ބްލެކް ފްރައިޑޭ" އާއި "ގޭންގްސް އޮފް ވަސޭޕޫރް" ގެ އިތުރުން "މަންމަރްޒިޔާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

"އެހެންވެ އަސްލު މިހާރު އަހަރެން ކަހަލަ ޑައިރެކްޓަރުންނަާް ބޮލީވުޑްގައި ފިލްމު ހަދަން ވަރަށް އުނދަގޫ. އެންމެ ބޮޑު މައްސަލަ އަހަރެމެންގެ ކްރިއޭޓިވިޓީ އަށް ވުރެ ބޮޑަށް ޕްރޮޑިއުސަރުން ބޭނުންވާ ކަހަލަ ކޮމާޝަލް ފިލްމުތައް ހަދަން މަޖުބޫރުވުން،" އަނޫރާގް ބުންޏެވެ. "އެހެން ނުން ކަމަށް ވަންޏާ ފިލްމުތަކަށް ފަންޑެއް މިހާރަކު ނުލިބޭ."

އޭނަ ބުނި ގޮތުަގައި ބޮލީވުޑްގެ ހާލަތު މިހާރު އޮތް ގޮތުން އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ޝައުގުޔވެރިކަން މިހާރު ވަނީ އެއްކޮށްހެން ގެއްލިފަ އެވެ. އެހެންވެ މިހާރު ބޭނުން ވަނީ އާ އަހަރާ އެކީ މުމްބާއީ ދޫކޮށް، އިންޑިއާގެ ދެކުނަށް ދިރިއުޅުން ބަދަލުކޮށް، ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ކަމަށް އަނޫރާގް ބުންޏެވެ.

އޭނަ ބުނި ގޮތުައި އިންޑިއާގެ ދެކުނުން މިހާރު ވަރިގަދަ ފިލްމުަޔއް އައިސް، ބައިނަލްއަގުވާމީ ދުނިޔޭގައި ެސް ބޮޑެތި ކާމިޔާނީތަކެއް ހ÷ދަނީ އޮއްޓަރު ހުރި މޮޅެތި ފިލްމުޔައް ހަދަން އެންމެން އެކައްޗެއް ކލިޔައިގެން މަސައްކަތް ކުރާތީ އެވެ. އެކަމަކު ބޮލީވުﷲްގައި އެޫހާއި ޖޯޝާއި އެއްބައިވަންތަކަމެއް ވެސް ނެތް ކަމަށް އަނޫރާގް ބުންޏެވެ.

"ބޮލީވުޑްގައި މުޅިންހެން އުޅެނީ ދެއްކުންތެރިން. އަހަންނަށް ގަބޫލެއް ވެސް ނުކުރެވޭ އަހަރެން ކަހަލަ ޑައިރެކްޓަރުންނަށް ހެޔޮއެދޭ ބަޔަކު އިންޑަސްޓްރީގައި ތިބި ކަމަކަށް ވެސް." އޭނަ ބުންޏެވެ. "އަސްލު އަމިއްލަ އިންޑަސްޓްރީ މިހާ ބޮޑަށް އަޑިއަޅާލާފައި އޮތުމަކީ ވަރަށް ދެރަވެ މާޔުސް ވެސްވާ ކަމެއް."

އަނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކާންސް ފިލްމު ފެސްޓީވަލްގައި ޕްރީމިއާކުރި ތުރިލާ "ކެނެޑީ" އެވެ.