Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވައްކަންކޮށްގެން އަންހެނަކު ހައްޔަރަށް

ވައްކަންކޮށްގެން އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިތުރު މީހާ ގުޅިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި ދާފި ފަހުން ފުުލުހުން ހޯދަން ވެސް އިއުލާންކުރި އދ. ކުނބުރުދޫ މާބަގީޗާގޭ އާއިޝަތު ނުހާ، 24، އެވެ.

އޭނަ ހައްޔަރުކުރީ ވައްކަމާއި،ހުއްދަ ނުހޯދައި ގޯތިގެދޮރަށް ވަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އެ މައްސަލައިގައި ނުހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ޖަހާފައިވެ އެވެ.

ނުހާ އަކީ ކުރިން ވެސް ބަންދު ރެކޯޑް އޮތް މީހެކެވެ.