އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މީލާދީ އާ އަހަރާ ދިމާކޮށް ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ރޭ 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އާ އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވެދާނެތީ ފުލުހުން އޮތީ ދުރާލައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.