Last Updated: May 11, 21:55
Sunday, May 11, 2025
ދުނިޔެ

'އެކްސް' ގައި އީލޮންގެ ނަން ބަދަލުކޮށްފި

ކުރީގެ ޓްވިޓާ އަދި މިހާރު 'އެކްސް' ގެ ނަމުގައި ހިންގަމުން އަންނަ ސޯޝަލް ޕްލެޓްފޯމްގައި އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކްގެ ނަން ބަދަލުކޮށްފި އެވެ.

މިހާރު އޭގައި އޭނަގެ ނަމަކަށް ޖަހާފައި އިނީ 'ކިކިއަސް މެކްސިމަސް' އެވެ. އެނަމުގައި ތިރީގައި އަސްލު @އީލޮން މަސްކް ހިމަނާފައިވެ އެވެ. އަދި ޕްރޮޕައިލް ފޮޓޯއަކަށް ލާފައި އިނީ ދަގަނޑު ދަހަނާގައި އިން ބޮކެކެވެ.

ނަމަވެސް 'އެކްސް' ގައި އީލޮން ނަން ބަދަލުކުރި ސީދާ ސަބަބެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެ ޕްލެޓްފޯމްގައި އޭނަ ފޮލޯކުރާ މީހުންގެ އަދަދު 209.9 މިލިއަނަށް އަރަ އެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު 44 ބިލިއަން ޑޮލަރަށް 2022 ގެ އޮކްޓޯބަރުގައި ޓްވިޓާ ގަނެ، އެކްސް އަށް އެ ރިބްރޭންޑްކުރީ 2023 ގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އީލޮން އަކީ ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ބޮޑެތި ކުންފުނިތަކުގެ ވެސް ވެރިޔާ އެވެ.