ޑޮކްޓަރުކަން ކިޔަވަން ބަންގްލަދޭޝް އިން ލިބިފައިވާ 7 ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މީގެ ތެރޭގައި ހިމެނެނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ ހަ ސްކޮލަޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަޝިޕް ކަމަށެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއީ ސާކްގެ ގައުމުތަކަށް ހުޅުވައިލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ލިބުނު ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ.
ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާ އިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021 ގައި ނުވަތަ އޭގެ ފަހުން ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނޭ ގޮތަށް ފާސްވެފައިވުމާއި އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނޭ ގޮތަށް ފާސްވެފައިވުމެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އާއި އެތަނުގެ ހޮޓްލައިން 1474 އަދި އީމެއިލް schol@mohe.gov.mv މެދުވެރިކޮށް ވެސް ހޯދޭނެ އެވެ.