ގއ. ވިލިގިނގިލިން ގޯތި ދޫކުރަން ކުރި އިއުލާންގައި ރަށުފެ ރަށްވެހިކަން ނެތް މީހުންގެ ކެޓަގަރީން ދޫކުރާ އިރު، ތައުލީމީ ފެންވަރަށް ވެސް ބަލައިގެން ގޯތި ދޭން ނިންމައިފި އެވެ.
މިއީ ބަންޑާރަ ގޯތި ދޫކުރުމުގައި މުޅިން އަލަށް ރާއްޖޭގައި އަމަލު ކުރަން ފެށި އުސޫލެކެވެ.
ވިލިގިނލުން ޖުމްލަ 140 ގޯތި ދޫކުރަން ނިންމާފައިވާ އިރު، ގޯތި ދޫކުރަނީ ދެ ކެޓަގަރީއަކަށެވެ. އެގޮތުން ރަށުގެ ރަށްވެހިންނަށް 115 ގޯތި ހާއްސަކޮށްފައިވާ އިރު، ވިލިގިނގިއްުޔަށް ރަށްވެހިކަން ބަދަލުވާން ބޭނުންވެ، ގޯއްޗަށް އެދޭ ފަރާތްތަކަށް 25 ގޯތި ހާއްސަކޮށްފައިވެ އެވެ.
އެގޮތުން ވިލިގިނލީ ނޫން މީހުންނަށް ގޯތި ދޫކުރާ އިރު ތައުލީމީ ފެންވަރު ތިން ގިންތިއަލުން ބަލައި މާކްސް ދޭނެ އެވެ. އެގޮތުން މާސްޓާސް ޑީގްރީއެއް އޮތް ނަމަ 10 ޕޮއިންޓް، ބެޗްލާސް ޑިގްރީއެއް އޮތް ނަމަ 8 ޕޮއިންޓް އަދި ޑިޕްލޮމާ[އޯ ލެވެލް ފުރިހަމަކޮށްފައިވާނަމަ 5 ޕޮއިންޓް ދޭނެ އެވެ.
އަދި މި ކެޓަގަރީން މާކްސްދޭ އިރު، ވިލިނގިލީގައި ނުވަތަ އެ ރަށާ ކައިރި ރިސޯޓެއްގައި ނުވަތަ ކޫއްޑޫ އާއި ކޫއްޑޫ އެއާޕޯޓުގައި ވަޒީފާ އަދާކުރާ މީހުންނަށް މާކްސް ދިނުމުގައި ވަޒީފާ ހޭދަކޮށްފައިވާ މުއްދަތަށް ވެސް ތިން ޕޮއިންޓު ދޭނެ އެވެ. މީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހެއް ނަމަ، 20 ޕޮއިންޓު، އަދި ލިބިފައިވާ ނުވަތަ ހަވާލުވެގެން ހުންނަ 18 އަހަރުން ދަށުގެ ކޮންމެ ދަރިއަކަށް ވެސް ތިން ޕޮއިންޓު ލިބޭނެ އެވެ.
ވިލިގިނލިން ދޫކުރަން ނިންމާފައި ވަނީ 2،000 އާއި 3،000 އަކަފޫޓްގެ ގޯއްޗެވެ.
ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 އާ ހަމައަށެވެ.