Last Updated: July 16, 13:04
Thursday, July 16, 2026
މުނިފޫހިފިލުވުން

ސޫރަޖްގެ އަލަތު ވެބް ސީރީޒް އަންނަ މަހު

ވަރަށް ކާމިޔާބު އާއިލީ ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ޕްރޮޑިއުސްކޮށްފައިވާ އޭނަގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަންގެ ފުރަތަމަ ވެބް ސީރީޒް "ބަޅާ ނާމް ކަރޭގޭ" އަންނަ މަހު ޕްރީމިއާކުރަން ނިންމައި އޭގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސީރީޒްގެ ޑައިރެކްޓަރަކީ ޕަލަޝް ވަސްވާނީ އެވެ. "ބަޅާ ނާމް ކަރޭގޭ" ލީޑުން ފެންނާނޫ އާ ދެ އެކްޓަރުން ކަމަށްވާ ރިތިކް ގަންޝާނީ އައިޝާ ކަދޫސްކަރެވެ.

ރާޖްޝްރީގެ ކުރީގެ ފިލްމުތަކުން ގެނެސްދިން އަސަރާއި އެ ފާޑުވެރިކަން ބޮޑުކޮށް ހަދާފައިވާ ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ސޮނީ ލިވް އެޕުންނެވެ. އަންނަ މަހު "ބަޅާ ނާމް ކަރޭގޭ" ޕްރީމިއާކުރަން ނިންމި އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މި ސީރީޒްގެ މުގުލުގައި ހުރި ސޫރަޖަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އާއި "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ މަގުބޫލު އާއިލީ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ރާޖްޝްރީ ޕްރޮޑަޝަނުން އެންމެ ފަހުން ގެނެސްދިން އުފެއްދުމަކީ ދަރިފުޅު އަވްނީޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަން ކަމަށްވާ މިދިޔަ އަހަރު ފިލްމު "ދޯނޯ" އެވެ. އެ ފިލްމަކީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް އާއކި ބަތަލާ ޕޫނަލް ދިލަންގެ ދަރިފުޅު ޕަލޯމާ ދިލަން ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.

ސޫރަޖް ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ދިލްމަކީ 2022 ގެ "އޫޗާއީ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ މިހާރު އަންނަނީ އެކްޓަރު އަޔޫޝްމަން ކްރާނާ އެކު ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އޭގެ ބަތަލާއަކަށް ނަގާނީ ސާރާ އަލީ ޚާން ނުވަތަ ޓްރިޕްތީ ދިމްރީ ކަމަށް މި ހަފުތާގައި ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.