Last Updated: May 11, 21:55
Sunday, May 11, 2025
ދުނިޔެ

އެޑްވައިޒަރުން މުސާރައެއް ނުނަންގަވާ: ޑިސަނަޔަކެ

ސްރީ ލަންކާގެ މިހާރުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ތިން ބޭފުޅަކު ކުރައްވާ މަސައްކަތްތަކަށް އެއްވެސް އުޖޫރައެއް ނުގަންނަންވާ ކަމަށް ރައީސް ވިދާޅުވެއްޖެ އެެވެ.

މިކަން ހިއްސާ ކުރައްވައި ޑިސަނަޔަކަ ވިދާޅުވީ މިކަމުން ދައްކުވައި ދެނީ ގައުމީ ރޫހުގައި ގައުމަށްޓަކައި މަސައްކަތްކޮށް ދިނުމުގެ ޝައުގުވެރިކަން ކަމަށެވެ. އެގޮތުން ވަރަށް ތަޖުރިބާކާރު ތިން މުޝީރަކު އެއްވެސް އުޖޫރައަކާ ނުލައި ހިލޭ ސާބަހަށް މަސައްކަތްކޮށް ދެއްވުމަކީ އެ ބޭފުޅުންގެ ގައުމަށްޓަކައިވާ ގުރުބާނީއެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަންކާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކިޔަވައިގެން ތިއްބެވި ތަޖުރިބާކާރު އަދި ވަރުގަދަ ސިކުކުނޑިތަކެއް ހިލޭ ސާބަހަށް ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކޮށް ދެއްވަން ތައްޔާރަށް ތިއްބެވުން ކަމަށެވެ.

"މީގެ ތެރޭގައި ސައިންސާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ ދާއިރާތަކުގެ ތަޖުރިބާކާރުން އެބަތިއްބެވި." ޑިސަނަޔަކެ ވިދާޅުވި އެވެ.


ރައީސް ފާހަގަކުރެއްވި ގޮތުގައި ސްރީ ލަންކަންގެ އެއާލައިންސްގެ މިހާރުގެ ޗެއާޕާސަނާއި ސްރީ ލަންކާ ޓެލެކޮމްގެ ޗެއާޕާސަނާއި ޕޯޓް ސިޓީގެ ޗެއާޕާސަނާއި ބޯޑް އޮފް އިންވެސްޓްމަންޓްގެ ޗެއާޕާސަނާއި ގޭސް ކޮމްޕެނީގެ ޗެއާޕާސަން ފަދަ ބޭބޭފުޅުންނަކީ ގައުމަށްޓަކައި ހިދުމަތް ކުރައްވާ ވަރަށް ހިދުމަތްރެރި ބޭފުޅުންތަކެއް ކަމަށެވެ.

"މި ބޭބޭފުޅުންނަކީ މި އަމިއްލަ މާލީ ފައިދާ އަށް ވުރެ ބޮޑަށް ގައުމަށްޓަކައި ހިދުމަތް ކުރައްވާ ބޭފުޅުން." ރައީސް ވިދާޅުވި އެވެ.