Last Updated: July 26, 06:13
Sunday, July 26, 2026
ޚަބަރު

މާލޭގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި

މާލޭގައި އިތުރު ފާމަސީއެއް އެސްޓީއޯ އިން ހުޅުވައިފި އެވެ.

އެ ފާމަސީ ރޭ ހުޅުވީ މާފަންނު މަޖީދީ މަގުގަ އެވެ.

އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް އިން އަލަށް ހުޅުވި ފާމަސީން ބުނީ ބޭސް ސިޓީއަށް ބޭސް ދޫކުރުމުގެ އިތުރުން އެ ބޭސްފިހާރައިން ގޭގައި ބޭނުންކުރާ ސިއްހީ އެކި އާލާތްތައް ވެސް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެސްޓީއޯ އިން އަންނަނީ ފާމަސީތައް ހިންގަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަ އިން ބޭސް ފޯރުކޮށް ދިނުމެވެ.