Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން އެހީވެއްޖެ

އިއްޔެ ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ފ. ދިގުވަރުއަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައި ތިބިކަމަށް ފީއަލީ ޕޮލިސް ޕޯސްޓަށް މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި އެ ރަށު ކައުންސިލާއި އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ހާލުގައި ޖެހުނު މީހުން ފީއައްޔަށް ރޭ ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.