މިދިޔަ އަހަރު އެންގޭޖްވި އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ އަރްމާން މާލިކް ކައިވެނިކޮށް އެވެ.
އަރްމާން އާއި ލޯބިވެރިޔާ އާޝްނާ ޝްރޮފް އެންގޭޖްވީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ދެ މީހުން ކައިވެނިކުރީ އިއްޔެ ކަމަށް ބެލެވެ އެވެ. ކައިވެނި ހަފުލާގެ ފޮޓޯތައް މިއަދު އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ.
އަރްމާން، 29، އަކީ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. އަރުމާންގެ ބައްޕަ ޑައްބޫ މަލިކާއި އަނޫ މަލިކަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އަރުމާން މިއުޒިކް ކޮމްޕޯސްކުރަނީ އޭނަގެ ބޭބެ އަމާން މާލިކާ ގުޅިގެންނެވެ.
އެ ދެބެއިން މިހާތަނަށް ބޮލީވުޑްގެ އެތައް ފިލްމަކަށް ވެސް މިއުޒިކް ހަދައި، ލަވަތައް ކިޔާފައިވެ އެވެ.
އަރުމާން އަކީ ރާއްޖޭގައި 2016 ގައި ޝޯއެއް ވެސް ދީފައިވާ ފަންނާނެކެވެ.