Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ނޭޕާލް މީހެއްގެ ހަށިގަނޑު މޯޗަރީގައި މަހެއްހާ ދުވަސް

ރާއްޖޭގައި މަރުވި ނޭޕާލް އަންހެނެއްގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތިގެން، ހަށިގަނޑު މޯޗަރީގައި އޮންނަތާ 24 ދުވަސްވެފައިވާ އިރު، ހަށިގަނޑު ގައުމަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ ކެފޭއެއްގެ ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ކަންޗަން ދޫގެލް، 25، މަރުވީ މިދިޔަ މަހުގެ 9 ގަ އެވެ. ނަމަވެސް އޭނަގެ ހަށިގަނޑާ ހަވާލުވާނެ ބަޔަކު ނެތިގެން އޮތީ މޯޗަރީގަ އެވެ. އަންހެން މީހާ މަރުވެގެން އައިޖީއެމްއެޗުން މޯޗަރީ އަށް ވެސް ހަށިގަނޑު ގެންދިޔައީ ފުލުހުންނެވެ.

މި ކަމާ ގުޅިގެން ފުލުހުން މިއަދު ބުނެފައި ވަނީ ހަށިގަނޑު އޭނާ ނިސްބަތްވާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އެ ގައުމުގެ އެމްބަސީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެ އަންހެން މީހާ މަރުވެގެން އައިޖީއެމްއެޗުން މޯޗަރީ އަށް ވެސް ގެންދިޔައީ ފުލުހުންނެވެ.