Last Updated: July 16, 13:04
Thursday, July 16, 2026
މުނިފޫހިފިލުވުން

'މޭރޭ ހަޒްބަންޑް ކީ ބީވީ' އަންނަ މަހު

އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ބޫމީ ޕިޑްނޭކަރްގެ ރޮމޭންޓިކް ކޮމެޑީ "މޭރޭ ހަޒްބަންޑް ކީ ބީވީ" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައި، މީގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަރުޖުން އާއި ރަކުލް، އޭނައާ އެކީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ބޫމީ ކުރިން ވަނީ މުދައްސަރުގެ 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" ގައި މަސައްކަތްކޮށްފަ އެވެ. މުދައްސަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބޮޑު ކާސްޓަކާ އެކު އޮގަސްޓްގައި ރިލީޒްކުރި "ކޭލް ކޭލް މޭ" އެވެ.

އަންނަ މަހުގެ 21 އަށް ތާވަލުކޮށްފައިވާ "މޭރޭ ހަޒްބަންޑް ކީ ބީވީ" ޕްރޮޑިއުސްކޮށްފައި ރަކުލްގެ ފިރިމީހާ ޖެކީ ބަގްނާނީގެ އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓުންނެވެ.

މި ފިލްމަކީ އަރުޖުންއާ އެކީ ރަކުލް ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2021 ގެ "ސަރުދާރު ކާ ގްރޭންޑްސަން" އެވެ. އަރުޖުން އާއި ބޫމީ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2023 ގެ "ދަ ލޭޑީ ކިލާ" އެވެ.

އަރުޖުން އެންމެ ފަހުންނ ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ގެ ވިލަންގެ ރޯލުންނެވެ.