ގާޒާ ފުލުހުންގެ އިސް ދެ ބޭފުޅަކު އިޒްރޭލުގެ ހަމަލާތަކެއްގައި މިއަދު އަވަހާރަކޮށްލައިފި އެވެ.
ހަމާސް އިން ބުނީ ޚާން ޔޫނުސްގެ އަލް މަވާސީ ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލީ ގާޒާ ފުލުހުންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައިި ހުންނެވި މޭޖާ ޖެނެރަލް މަހުމޫދު ސަލާހާއި ޕޮލިސް ކޮމާންޑް ކައުންސިލްގެ ސީނިއާ އޮފިސަރު މޭޖާ ޖެނެރަލް ހުސަމް ޝަހްވާން ކަމަށެވެ.
އެ ބޭފުޅުން ޝަހީދުކޮށްލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ގާޒާގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުންނަށް އިޒްރޭލުން ހަމަލާ ދިނީ ގައުމީ ހިދުމަތާއި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތްތަކުގައި އުޅުއްވަނިކޮށް ކަމަށެވެ.
ފުލުހުންގެ އިސް ދެ ބޭފުޅަކު ޝާހިދުކޮށްލި ހަމަލާތަކުގައި އާންމުންގެ ނުވަ މީހަކު ވެސް ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިިންނާއި ދެ އަންހެނުން ވެސް ހިމެނެ އެވެ.
PALESTINIAN MEDIA: 11 displaced Palestinians were killed and others were injured, as a result of the Israeli occupation forces targeting their tents in the Al-Mawasi area, west of Khan Yunis, in the southern Gaza Strip. pic.twitter.com/UXo7nIN56R
— The Palestine Chronicle (@PalestineChron) January 2, 2025
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި 50،000 އެއްހާ މީހުން ޝަހީދުކޮށްފައިވާ އިރު، މިހާތަނަށް ހަމާސް ޖަމާއަތުގެ ވަރަށް އިސް ލީޑަރުންތަކެއް ވެސް ޝަހީދުކޮށްލާފައިވެ އެވެ.
އިޒްރޭލުގެ މި ހުއްޓުމެއް ނެތް އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.