Last Updated: February 18, 20:29
Tuesday, February 18, 2025
ޚަބަރު

އައްޑު އަށް ބިހުގެ ދަތިކަން ކުރިމަތިވެއްޖެ

އައްޑޫ ސިޓީން ބިސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

އައްޑޫގެ ގިނަ ފިހާރަތަކުން ބުނި ގޮތުގައި ބިސް ހުވެފައިވާ އިރު، ބިސް ނުލިބިގެން އެކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ވެސް ދަނީ ލިބެމުންނެވެ. އާންމުންގެ އިތުރުން ރެސްޓޯރަންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކުން ވެސް ބުނި ގޮތުގައި ބިސް ހުސްވެފައިވާތީ އެކަމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

ބައެއް އާންމުން ބުނި ގޮތުގައި އައްޑޫގެ ބައެއް އަވަށްތަކުގެ ކަންމަތީ ފިހާރަތަކުން އަދި ކޮންމެވެސް ވަރަކަށް ބިސް ލިބެން ހުރި ނަމަވެސް ބިހުގެ ތާށިކަން ކުރިމަތިވުމުން ބައެއް ތަންތަނުން މިހާރު ބިސް ވިއްކަމުން ދަނީ ކުރިން ވިއްކި އަގަށް ވުރެ ބޮޑުކޮށެވެ.

އައްޑޫ އަށް ބިހުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ދޭތެރެދޭތެރެއިން އައްޑޫގެ ފިހާރަތަކުން ބިސް ހުސްވުމުގެ މައްސަލަ މިފަހަކަށް އައިސް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އަށް ބިސް އެތެރެކޮށް ވިއްކާ އެސްޓީއޯ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.