މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅެފައިވާ ފިލްމު "ގޭމް ޗޭންޖާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު ޝަންކަރު ހަދާފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ.
"ގޭމް ޗޭންޖާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 10 ގަ އެވެ.
މީގެ ޑައިރެކްޓަރު ޝަންކަރްގެ އެންމެ ފަހުގެ ފިލްމަކީ 1996 ގެ "އިންޑިއަން" ގެ ސީކްއެލް "އިންޑިއަން 2" އެވެ. ކަމަލް ހަސަނާ އެކީ މިދިޔަ އަހަރުގެ ޖުލައިގައި ގެނެސްދިން އެ ފިލްމަކީ ބެލުންތެރިންގެ ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ.
"ގޭމް ޗޭންޖާ" އަކީ 450 ކްރޯޑް ރުޕީސް (53.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.