ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްގެ ކައްކާ ޝޯއެއް ނެޓްފްލިކްސް އިން ގެނެސްދޭން ތައައްޔާރުވެއްޖެ އެވެ.
"ވިތު ލަވް، މޭގަން" ގެ ނަން ދީފައިވާ މި ޝޯ ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ގަ އެވެ. ފަސް އަހަރުގެ މެދުކެނޑުމަށް ފަހު މިހާރު އަމިއްލަ ހައިސިއްޔަތުގައި އާ އަހަރާ ދިމާކޮށް އިންސްޓަގްރާމަށް ވެސް އެނބުރި ވަޑައިގެންނެވި މޭގަންގެ އާ ޝޯގެ ޓްރެއިލާއެއް ވަނީ އިންސްޓަގްރާމްގައި ޕޯސްޓް ކުރައްވާފައިވެ އެވެ.
ޓްރެއިލާ ޕޯސްޓް ކުރައްވައި މޭގަން ވިދާޅުވީ މިފަދަ ޝޯއަކާ އެކީ އެނބުރިވަޑައިގަތުމަކީ ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ގިނަ ބަޔަކަށް ޝޯ ކަމުދާނެކަމަށް އުންމީދު ވެސް ކުރައްވާ ކަމަށެވެ.
"ވިތު ލަވް، އެގެއިން" ގައި މޭގަންއާ އެކީ މަޝްހޫރު ބައެއް ސެލެބްރިޓީން ވެސް ބައިވެރިވާނެ އެވެ. މި ޝޯ އަށް އެޕިސޯޑަށް ގެނެސްދޭން ހަމަޖެހިފައިވާ ޝޯއެކެވެ. ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނިޓެވެ.
މޭގަންގެ ޝޯއެއް ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވާ އިރު، ޕްރިންސް ހެރީ އާއި މޭގަން 2020 ގައި ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ގެނެސްދޭން ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ވެސް ހެއްދެވި އެވެ.
ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. ދެހާސް ވިހީގައި ޝާހީ ޒިންމާތައް ދޫކޮށްލައްވައި، އެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ހެރީ އާއި މޭގަން އަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
ޕްރިންސް އަކީ ހެރީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޕްރިންސް ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުންނެވެ.