ބޮލީވުޑްގެ އާ ދެ ތަރިން ކަމަށްވާ ޖުނައިދު ޚާނާއި ހުޝީ ކަޕޫރްގެ ޖޯޑު ސްކްރީނަށް ގެންނަ ފިލްމު "ލަވްޕާޔާ" ގެ ޓައިޓްލް ލަވަ އެކީ އުންމީދީ ދެ ފަންނާނުންގެ ކެމިސްޓްރީ ދައްކާލައިފި އެވެ.
"ލަވްޔާޕާ ހޯ ގަޔާ" ގެ ނަން ދީފައިވާ މި ލަވައިން އެ ދެ މީހުންގެ ގުޅުމާއި އެ މީހުން ލޯބި ގެނެސްދީފައިވެ އެވެ.
އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ލަވްޔާޕާ" އަކީ ޖުނައިދުގެ ބައްޕަ އާމިރު ޚާންގެ ކުންފުންޏާއި ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ޑައިރެކްޓަރަކީ އާމިރުގެ 2022 ގެ "ލާލު ސިންގް ޗައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.
"ލަވްޔާޕާ" އަކީ ޖުނައިދުގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޖޫންގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެޓްފްލިކްސް އަށް ގެނައި "މަހާރާޖް" އެވެ.
"ލަވްޔާޕާ" އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީގެ ވެސް ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އެވެ.